Saturday, March 5, 2011

   ރާއްޖެ އިސްލާމް ވިދުވަސް
The Day Maldives embraced Islam


  "؛"ހަމަކަށަވަރުން ﷲ ގެ ޙަޒްރަތުގައި ދީނަކީ އިސްލާމް ދީނެވެ

 
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގައި އިސްލާމް ކްލަބްގެ ރައީސާގެ ގަލަމުން 

 ރަމްލާ ޙިލްމީ ގްރޭޑް 10 އޭ


މީލާދީ ސަނަތުން ބަލާއިރު މީގެ 850 އަހަރު ކުރީގައި ދިވެހިރާއްޖޭގައި ދިވެހީން އަޅުކަންކުރަމުން އައި ދީނަކީ ބުދުދީނެވެ. ތާރީޚުގެ ޢިލްމުވެރިން އިއްތިފާޤުވާގޮތުންނަމަ ދިވެހިރާއްޖޭގައި މީހުން ދިރިއުޅެންފެށިފައިވާ ތާރީޚް ލަފާކުރެވިފައިވަނީ ރާއްޖޭގައި އެކިހިސާބުގައި ވަޅުލެވިފައިވާ ބުދުތައް ދިރާސާކުރުމަށްފަހު އޭރު ދުނިޔޭގެ އެހެންހިސާބުތަކުގައި އެވައްތަރުގެ ބުދުތައް ގެންގުޅުނު ތާރީޚަށް ބަލާފައެވެ. އެއީ ސަލާމްލެއްވި ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެކުރިއެވެ.
މަޣުރިބްކަރައިގެ އަބުލްބަރަކާތު ޔޫސުފުލްބަރުބަރީއަކީ ވަރަށް ޢިލްމުވެރި ޙިކުމަތްތެެރިއެކެވެ. އެކަލޭގެފާނު ރާއްޖެއަށް ވަޑައިގަތް އިރު ރާއްޖޭގައި ވަރަށް އަނިޔާވެރި އަދި އެހާމެ ނުރައްކާތެރި ޙާދިސާއެއް ހިގަމުންދިޔައެވެ. އޭެރު ރާއްޖޭގައި އުޅުނު ދިވެހިންނަށް އެކަމުގެ ޙަޤީޤަތެއް ނޭގުނެވެ. އެހެންނަމަވެސް އެކަލޭގެފާނަށް އެކަމުގެ ޚަބަރު ލިބުމާއެކު ޙަޤީޤަތް އެގިވަޑައިގެންފިއެވެ. އެހެންކަމުން އެކަމުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް ޢަޒުމް ކަނޑައެޅުއްވިއެވެ. އެކަލޭގެފާނު ޙިކުމަތު ޢަމަލީ ބޭނުން ކުރައްވައިގެން ރާއްޖޭގެ ރަސްގެފާނަށް އިސްލާމްދީނަށް ވަނުމަށް ދަޢުވަތުދެއްވިއެވެ. އެރަސްގެފާނު ވަރަށް ފުރިހަމަ އިޖާބައެއް އެކަމަށް ދެއްވިއެވެ. ނަތީޖާއަކަށްވީ މުޅިދިވެހިރާއްޖޭގެ އެންމެން މާތްވެގެންވާއިސްލާމް ދީނުގެ ދަޢުވަތު ޤަބޫލުކޮށް އިސްލާމްވުމުގެ ނަސީބު ލިބުމެވެ. 

އެހެންކަމުން ދިވެހިރާއްޖެ  ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމުގެ ޝަރަފާއި ފަޚުރު އޭރުއްސުރެން މިވަނީ ލިބިފައެވެ.
ރާއްޖެ އިސްލާމްވިފަހުން މިވީދިގުމުއްދަތުގެ ތެރޭގައިވެސް ރާއްޖޭގައި އިސްލާމީ ޢަޤީދާ ދިވެހިންގެ ހިތްތަކުގައި ބިންވަޅުނެގިފައި އޮތްވަރު މިވަނީ ސާބިތުކޮއްދީފައެވެ. އަޅުގަނޑުމެންގެ ކާަބަފައިން އަމާނާތްތެރިކަމާއެކު އަޅުގަނޑުމެންނަށް ވާރުތަކޮއްދީފައިމިވާ އަގުބޮޑުތަރިކަ ރައްކައުތެރިކަމާއެކު އަޅުގަނޑުމެންގެ ދަރިންނަށް ވާރުތަކޮއްދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު ވާޖިބެކެވެ.

 

2 comments:

  1. thanks so much for creating such a wonderful blog..we are thankful to Mr. Abdulla Zahir, our principle who will bring greate change to our school and our island.

    thank you sir..

    Ziyad

    ReplyDelete
  2. thank you sir for this piece of valuable work.
    love this blog.........
    and hope to see this kind of informative writings in the future ...........

    ReplyDelete