Thursday, March 17, 2011

 ޗުއްޓީ ހެޔޮ ގޮތުގައި ބޭނުންކުރުން

މިޑް ޓާމްގެ ޗުއްޓީ އަށް ހުރިހާ ކުދިންނަށް މަރުޙަބާ ކިޔަމެވެ. މިޑްޓާމްގެ ޗުއްޓީ އަށް ސްކޫލު ބަންދުވެގެން ދާއިރު ހުރިހާ ދަރިވަރުންވެސް ހަނދާންކުރަންވީ މިއީ ކިޔެވުމުގެ މަތިން މުޅިން ހަނދާން ނައްތާލައި ހުސް އެކަނި މަޖާ ކުރަންވީ ވަގުތެއް ނޫންކަމެވެ.

 ޗުއްޓީ އަކީ ސްކޫލުގެ ހަލަބޮލި ކަމުން ދުވަސްކޮޅަކަށް ސަލާމަތްވެ ހަމަޖެހުން ގެނެސް ސިކުނޑިއަށް އަރާމެއް ދިނުމަށްޓަކާ ހަމަޖައްސާފައިވާ ދުވަސްކޮޅަކަށް ވިޔަސް އެއީ ސަކަރާތްޖެހުމާ މަޖާކުރުމާ ހަމަ އެކަނި ކުޅިވަރު ކުޅުމަށް ހޭދަކުރަންވީ ވަގުތެއް ނޫނެވެ. އަދިހަމަ އެހެންމެ އެއީ ސްކޫލުގެ ގަވާޢިދާ ޚިލާފް ވުމަށް ލިބޭ ފުރުޞަތަކަށް ވެސް ވެގެން ނުވާނެ އެވެ.

 ހުރިހާ ޙާލަތްތަކެއްގައިވެސް އަހަރެމެންނަކީ ދަރިވަރުން ކަމާ އަދި ހިފަހަށްޓަންޖެހޭ ސްލޫކީ މިންގަނޑު އަބަދުވެސް ހަނދާނުގައި ބަހަށްޓަންޖެހެއެވެ. ނަމާދު ކުރުމާ ގުރުއާން ކިޔެވުން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ވީމާ މިލިބޭ ހުސް ދުވަސްކޮޅު ހިތްހަމަޖެހުމާއެކު ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ހުރިހާކުދިންނަށް  ނަޞޭހަތްތެރިވަމެވެ                                            

                                          

No comments:

Post a Comment