Wednesday, October 12, 2011

ދެވަނަ ޓާމުގެ ޓެސްޓް

ދެވަނަ ޓާމުގެ ޓެސްޓް މި އޮކްޓޯބަރ 16 ވާ އާދިއްތަ ދުވަހު ފެށޭނެއެވެ.ޓެސްޓް ކައިރިވެފައި ވުމާއެކު ފިލާވަޅުތައް ފަރިތަކޮށް އިމްތިހާނުން އެންމެ ރަނގަޅަށް ފާސްވުމަށްޓަކައި މަސައްކަތް ކުރުމުގެ ވަގުތު މިއޮތީ އައިސް ޖެހިފައެވެ. އިމްތިހާނަކީ އެ ކުއްޖެއްގެ ފެންވަރު ވަޒަން ކުރާ މިންގަނޑު ކަމށް ވާ އިރު އިމްތިޙާނުން ފާސްވުމަށްޓަކައި ހުރިހާ ކުދިން ވެސް ިހިއްވަރާއެކީ މަސައްކަތް ކުރަންޖެހެއެވެ
އަދި އެކުއްޖަކު ރަނގަޅަށް ކިޔަވާކަން އަމިއްލައަށް ޔަގީންކޮށް އެކަމުގެ އުފަލާ ހިތްހަމޖެހު ލިބިގަންނަން ޖެހެއެވެ. 
މީގެ އިތުރުން އެކި ގޮތްގޮތުން ލިބޭ ކާމިޔާބީ ތައް ފާހަގަކޮށް އިނާމު ދިނުމުގެ ޖަލްސާގައި އިނާމާ ސެޓްފިކެޓް ހޯދުމަކީ ކޮންމެ ކުއްޖެއްގެވެސް އަމާޒަކަށް ހަދަންޖެހެއެވެ
.
ގްރޭޑް 7 އަދި ގްރޭޑް 8 ގެ ދަރިވަރުން އެކުދިންގެ އިމްތިހާނުން ފާސްވެ ކްލާސް ބަދަލުކުރުމަށްޓަކައި ރަނގަޅު ނަތީޖާ ހޯދަން އެބަޖެހެއެވެ. ކްލާސް ބަދަލު ނުވެ ރިޕީޓް ވާންޖެހޭ ކޮންމެ އަހަރަކީ  އުމުރުން ބާކީވެގެން ދާ މުހިއްމު ވަގުތެކެވެ.ވީމާ ހުރިހާ ދަރިވަރުންވެސް ފިލާވަޅުތައް ރަނގަޅަށް ފަަރިތަކޮށް މިއިމްތިހާނަކީ ކާމިޔާބް އިމްތިހާނަކަށް ހެދުމަށްޓަކައި ވީހާވެސް ބޮޑަކަށް މަސައްކަތް ކުރުމަށް ހުރިހާ ދަރިވަރުންނަށް ގޮވާލަމެވެ. ހުރިހާ ދަރިވަރުންނަށް ވަރަށް ކާމިޔާބް އިމްތިޙާނަަކަށް އެދެމެވެ.

No comments:

Post a Comment